ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ފަށައިފި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް އޮތް ފަސްއަހަރުދުވަހަށް ކުރިނބީގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ އަމަލީ މަސައްކަތް ވަނީފެށީފައެވެ.

ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ވިލަރެސް ކޮމެޓީއެއް ރަށުގެ މުއައްސަސާތަކުގެ މުއައްޒަފުން ހިމަނާއިގެން ވަނީ އެކުލަވާލެވިފައެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލަށް ލަފާދޭ ކޮމެޓީއާއި ރަށުގެ މުއައްސަސާތަކުގެ އިތުރުން ކުލަބް ޖަމްއިއްޔާ ޖަމާއަތްތަކާއި އާންމު ފަރުދުން ހިމެނޭގޮތައް މަޝްވަރާގެ ބައްދަލުވުންތައް ވަނީ ފެށިފައެވެ. އެގޮތުން މި މަސައްކަތް ކުރަމުންދަނީ ކްލަބްހައުސްފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުގެ ބައިވެރިވުންވެސް ހިމަނޭގޮތަށެވެ.

ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަރުހަލާގައި 2022 ވަނަ އަހަރުން ފެށީގެން ކުރިޔަށް އޮތް ފަސްއަހަރު ދުވަހަށް ކުރިނބީގެ ލޭންޑް ޔޫސް ޕްލޭނާއި ފައިނޭންޝަލް ޕްލޭންވެސް އެކުލަވާލެވޭނެއެވެ.