10 އިލެކްޓްރީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަންނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލުން
ޓިވެޓް އޮތޯރިޓީން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި 10 އިލެކްޓްރީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރަށު ކައުންސިލް އިދާރާއާއި ޓިވްޓް އޮތޯރިޓީ ގުޅިގެންނެވެ. މިއީ މަސައްކަތުގެ މާހައުލެއްގައި ޕްރެކްޓިކަލްބައި ފުރިހަމަ ކުރަމުން ހެދޭ ކޯހެކެވެ.
ވީމާ، މި ޕްރޮގްރާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 16 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުގެ ކުރިން މިއިދާރާގައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.