މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ކުރިނބީ ކައުންސިލާއި ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން މިއަދު ކުރިނބީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ.
މިނިސްޓަރު ކުރިނބީއަށް ކުރި ޒިޔާރަތުގައި ކައުންސިލާއި ބައްދަލުކުރައްވައި ދިމާވެފައިވާ ދަތިތަކާއި ކަންބޮޑުވުންތަށް އޮޅުންފިލުވިއެވެ. އަދި ކުރިއަށް ކުރަން ރާވާފައިވާ ބައެއް ކަންކަމާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދިނެވެ.