ހދ އަތޮޅު ޤުރުއާން މުބާރާތުގައި ކުރިނބީން ވާދަކުރާނީ 8 ކުދިން
ހދ އަތޮޅު ޤުރުއާން މުބާރާތުގައި ކުރިނބީން ވާދަކުރާ 8 ކުދިން ހޮވައިފިއެވެ.
އަތޮޅު ޤުރުއާން މުބާރާތުގައި ވާދަކުރާ ކުދިން ހޮވުމަށްޓަކައި ކުރިނބީ ކައުންސިލާއި ކުރިނބީ ސްކޫލް ގުޅިގެންވަނީ ޤުރުއާން މުބާރާތެއް ބާއްވާފައެވެ. މި ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ ބަލައިގެން ކިޔުމުގެ ގޮފީގައި އެކަންޏެވެ.
ހދ އަތޮޅު ޤުރުއާން މުބާރާތުގައި ވާދަކުރާ 8 ކުދިންނަކީ
ޖުމާނާ ހަސަން / އާގެ، ހދ.ކުރިނބި
ސައުސަން ޢަބްދުﷲ / ޕެނަމާ، ހދ.ކުރިނބި
ފާޠިމަތު ސިނާ މުޙައްމަދު / ގުމްރީގެ، ހދ.ކުރިނބި
އާމިނަތު ޝަރާ / ކަރަންކާގެ، ހދ.ކުރިނބި
އާމިނަތު ޝައިބާ / ދިލްބަހާރުގެ، ހދ.ކުރިނބި
ފާޠިމަތު ރަނާ / ހުސްނޫ، ހދ.ކުރިނބި
މައިޝާ މުޙައްމަދު / އިރަމާގެ، ހދ.ކުރިނބި
ފަރްޝާ ޢަބްދުއްރަޙްމާން / ޖަވާހިރުމާގެ، ހދ.ކުރިނބި
މި 8 ކުދިންނަކީ ކައުންސިލް އަދި ސްކޫލް ޤުރުއާން މުބާރާތުން އެންމެ މަތިން މާކްސް ލިބުނު 8 ކުދިންނެވެ.