ކުރިނބީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ތައްޔާރުކުރާ އޯގަނިކް ގަސްކާނާ ވިއްކަން ފެށުން

ކުރިނބީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުން ތައްޔާރުކުރި އޯގަނިކް ގަސްކާނާ 16 ފެބްރުއަރީ 2017 ވާ ބުރާސްފަތި ދުވަހުން ފެށިގެން ވިއްކާގޮތަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ގަސްކާނާ ވިއްކާ އަގު:
ކިލޯއެއް 5/- ރުފިޔާއަށް
25 ކިލޯގެ ބަސްތާއެއް 100/- ރުފިޔާއަށް

ގަސްކާނާ ވިއްކުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަސް ފިޔަވާ ރަސްމީ ކޮންމެ ދުވަހެއްގައި 09:00 އިން 13:00 އަށެވެ.
ވީމާ، ގަސްކާނާ ގަންނަން ބޭނުންވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި ކައުންސިލަށް ދުރުވެ ފައިސާ ދެއްކުމުން ގަސްކާނާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

ކުރިނބީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ތައްޔާރުކުރާ އޯގަނިކް ގަސްކާނާ ވިއްކަން ފެށުން