ކުރިނބީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ތައްޔާރުކުރާ އޯގަނިކް ގަސްކާނާ ވިއްކަން ފަށައިފި

ކުރިނބީ ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ތައްޔާރުކުރި އޯގަނިކް ގަސްކާނާ 16 ފެބްރުއަރީ 2017 ވީ ބުރާސްފަތި ދުވަހުން ފެށިގެން ވިއްކަން ފަށައިފިއެވެ.

މިވަގުތަށް ގަސްކާނާ ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ ވަކިވަކި ކިލޯއިން ގަންނަ ފަރާތްތަކަށް ކިލޯއެއް 5 (ފަހެއް) ރުފިޔާގެ ރޭޓުން އަދި ބަސްތާ ގަންނަ ފަރާތްތަކަށް 25 ކިލޯގެ ބަސްތާއެއް 100 (އެއްސަތޭކަ) ރުފިޔާ އެވެ.

ގަސްކާނާ ވިއްކުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަސް ފިޔަވާ ރަސްމީ ކޮންމެ ދުވަހެއްގައި 09:00 އިން 13:00 އަށެވެ. ގަސްކާނާ ގަންނަން ބޭނުންވާ ފަރާތްތަކުން ދެންނެވިފައިވާ ގަޑީގައި ކައުންސިލް އިދާރާއަށް ދުރުވެ ފައިސާ ދެއްކުމުން ގަސްކާނާ ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

ގަސްކާނާ ރަސްމީކޮށް ވިއްކަން ފެށުމުގެ ކުރިން ކައުންސިލުންވަނީ ރައްޔިތުންނަށް ޓެސްޓް ކުރުމަށް ހިލޭ ގަސްކާނާ ބަހާފައެވެ. އެގޮތުން މިކައުންސިލުން ކުރި އިޢުލާނަކާއި ގުޅިގެން ނަންނޯޓް ކުރި 70 އަށްވުރެ ގިނަ ފަރާތްތަކަށް ހިލޭ ގަސްކާނާ ދޫކޮށްފައިވާނެއެވެ.