ކުރިނބީގައި ހަދާ ނެޓުބޯޅަ ކޯޓުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހދ. ކުރިނބީ ގައި ނެޓުބޯޅަ ކޯޓެއް ހެދުމަށް ހަގުފިޔަ އާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު މުޖުތަބާ އެވެ. އަދި ހަގުފިޔައިގެ ފަރާތުން ސޮއިކުރެއްވީ ހދ. ކުރިނބީ، ހުސްނުހީނާގެ / އަޙްމަދު ރަޝީދެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ -/90000 (ނުވަދިހަ ހާސް ރުފިޔާ) އެވެ. މި މަސައްކަތުގެ މުއްދަތަކީ 15 ދުވަހެވެ. މުއްދަތު ގުނާނީ ހުކުރު ދުވަހާއި ދީނީ ގޮތުން ބަންދު ދުވަސްތައް ނުހިމަނައެވެ.
ނެޓުބޯޅަ ކޯޓު ހަދަނީ ކުރިނބީ ސްޕޯޓްސް އެރީނާގައި ބަށިކޯޓުގެ ދެކުނުގައެވެ. ނެޓުބޯޅަ ކޯޓު ހެދުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރިއިރު ވޮލީކޯޓު ހެދުމުގެ މަސައްކަތްވެސް މިހާރުވެސް ފެށިގެން ކުރިއަށްދެއެވެ.