ކުރިނބީ ކައުންސިލް ވެބްސައިޓް ލޯންޗުކޮށްފި
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ ވެބްސައިޓް ލޯންޗު ކޮށްފިއެވެ.
ވެބްސައިޓް ލޯންޗު ކޮށްދެއްވީ ކޮންމެ ފެބްރުއަރީ މަހަކު އާންމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ އާންމު ބައްދަލުވުމުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައި ކުރިނބީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު މުޖުތަބާ އެވެ.
މިވެބްސައިޓް ހިންގަން ފެށުމާއިއެކު ކުރިނބީ ކައުންސިލްގެ ޚިދުމަތްތަކަށް އިތުރު ފުރިހަކަމެއް ލިބި ޚިދުމަތްތައް ލިބިގަންނަ ރައްޔިތުންނަށް އެތަކެއް ލުއިފަސޭހައެއް ލިބިގެން ދާނެއެވެ.
ވެބްސައިޓް ލޯންޗު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވީ ޒަމާނީ ޓެކްނޮލަޖީގެ ވަސީލަތްތައް ބޭނުންކުރަމުންދާ ނިސްބަތް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު މިވެބްސައިޓްގެ ސަބަބުން ރައްޔިތުންނަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ފަސޭހަކަމާއިއެކު ލިބިގެންދާނެކަމަށެވެ.