2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ރިޕޯޓް އާންމުކުރުމަށް ބާއްވާ ބައްދަލުވުމާގުޅޭ

މިކައުންސިލުގެ 2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓް ރައްޔިތުންނަށް ހުށަހެޅުމަށްޓަކައި ބާއްވާ ބައްދަލުވުން 27 ފެބްރުއަރީ 2017 ވާ ހޯމަ ދުވަހުގެ ރޭގަނޑު 08:30 ގައި ކުރިނބީ ސްކޫލުގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި 2017 ވަނަ އަހަރަށް ކުރުމަށް ރޭވިފައިވާ ބައެއް ހަރަކާތްތައް ރައްޔިތުންނާއި ހިއްސާކުރެވިގެން ދާނެއެވެ. މީގެ އިތުރުން ކައުންސިލްގެ ވެބްސައިޓް އިފްތިތާޙް ކުރުމާއި، އައ.ޑީ.ކާޑު ކަލެކްޓިން ޕޮއިންޓް ތައާރަފް ކުރުމާއި، “ކައުންސިލް އެސްއެމްއެސް ސަރވިސް” ތައާރަފްކުރުން އޮންނާނެ ވާހަކަ ދަންނަވަމެވެ.

ވީމާ، މި ބައްދަލުވުމުގައި ހުރިހާ ރައްޔިތުން ބައިވެރިވެދެއްވުމަކީ މިކައުންސިލުގެ ވަރަށް ބޮޑު އެދުމެކެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

2016 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ރިޕޯޓް އާންމުކުރުމަށް ބާއްވާ ބައްދަލުވުމާގުޅޭ