ކައުންސިލް އެސް.އެމް.އެސް ސަރވިސް ތައާރަފްކޮށްފި

މިކައުންސިލުގެ މުޙިއްމު ދެންނެވުންތައް ރައްޔިތުންނަށް އަންގައިދިނުމަށްޓަކައި ކައުންސިލް އެސް.އެމް.އެސް ސަރވިސް ގެ ނަމުގައި ޚިދުމަތެއް ތައާރަފް ކޮށްފިއެވެ. މި ޚިދުމަތް ތައާރަފްކޮށްފައިވަނީ ކޮންމެ ފެބްރުއަރީ މަހަކު އާންމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ އާންމު ބައްދަލުވުމުގެ ތެރެއިން މިރޭ ބޭއްވި ބައްދަލުވުމުގައެވެ.

މި ޚިދުމަތަކީ ކައުންސިލްގެ މުޙިންމު އެންގުންތަކުގެ މައުލޫމާތު ކުރިނބީގެ ކޮންމެ ގޭބިސީއަކުންވެސް ކޮންމެވެސް 1 (އެކެއް) ބޭފުޅެއްގެ ފޯނަށް އެސް.އެމް.އެސް މެދުވެރިކޮށް އަންގައިދިނުމުގެ ގޮތުން ތައާރަފްކުރާ ޚިދުމަތެކެވެ.

ކައުންސިލްގެ ރައީސް އަޙްމަދު މުޖުތަބާ ވިދާޅުވީ މިކަމާއިގުޅޭގޮތުން މިހާރުވާނީ އިޢުލާނެއް ކުރެވިފައި ކަމަށާއި، އިޢުލާނުގައި ދެންނެވިފައިވާ މުއްދަތުގެ ނިޔަލަށް ކޮންމެ ގޭބިސީއަކުންވެސް ޒިންމާދާރު 1 (އެކެއް) ބޭފުޅެއްގެ މޯބައިލް ނަންބަރު މިކައުންސިލްގައި ނޯޓްކުރެއްވުމަށް އެދޭ ކަމަށެވެ.