ނިޔަމި ކަމުގެ ސެޓްފިކެޓް 2 ގެ ކޯހުގެ ބައިވެރިން ހޯދުން
ހދ.ކުރިނބީގައި ނިޔަމި ކަމުގެ ސެޓްފިކެޓް 2 ގެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ކޯސް ހިންގަން ހަމަޖެހިފައިވަނީ 2017 މާރޗް 31 އިން އޭޕްރިލް 2 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯސް އެކުލެވިފައިވަނީ 4 ޔުނިޓެއްގެ މައްޗަށެވެ. އެއީ ކަނޑުމަތީގެ ޤަވާއިދުތައް، ނެވިގޭޝަން، ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަން އަދި މުއާސަލާތީ ވަސީލަތްތަކެވެ.
ކޯހުގެ ބައިވެރިންގެ ހުންނަންޖެހޭ ޝަރުތު:
ދިވެހިބަހުން ލިޔަން ކިޔަން އެނގުން އަދި އެއްކޮށް ކަނޑާ ގުނަކޮށް ގެއްލަން އެނގުން
ކޯހުގެ ފީ
1500/- (ފަނަރަ ސަތޭކަ ރުފިޔާ)
ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 15 މާރޗް 2017 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އެޕްލިކޭޝަން ފޯމު މި އިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް (www.kurinbee.gov.mv) އިން ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
ނިޔަމި ކަމުގެ ސެޓްފިކެޓް 2 ގެ ކޯހުގެ ބައިވެރިން ހޯދުންމާގުޅޭ އިޢުލާން