އައި.ޑީ.ކާޑުގެ ކަލެކްޓިން ޕޮއިންޓްގެ ޚިދުމަތް ފޯރުކޮށްދޭން ފެށުން
05 މާރޗް 2017 ވަނަ ދުވަހުން ފެށިގެން މިރަށުގައި އައި.ޑީ.ކާޑު ކަލެކްޓިން ޕޮއިންޓެއް ވަނީ ޤާއިމްކުރެވިފައެވެ. މި ކަލެކްޓިން ޕޮއިންޓްގެ ޚިދުމަތް ލިބޭނެ ގަޑިތަކަކީ:
ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށް އަދި މެންދުރުފަހު 13:00 ން 14:00 އަށް
ކުރިނބީ ރައްޔިތުން މީގެ ކުރިން އައި.ޑީ.ކާޑު ހެއްދުމަށް ދާންޖެހެނީ ކުޅުދުއްފުއްޓަށެވެ. އެހެންނަމަވެސް އައި.ޑީ.ކާޑު ކަލެކްޓިން ޕޮއިންޓް ޤާއިމްކުރެވިފައިވާތީ ރަށުގައި ތިބެގެން ފަސޭހަކަމާއިއެކު އައި.ޑީ.ކާޑު ހެއްދުމުގެ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.