ބްރިޖިން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހާޞިލްވެފައިނުވާ ދަރިވަރުންނަށާއި، މީގެކުރިން ޖީ.ސީ.އީ އޯލެވެލް އިމްތިހާނުގައި ބައިވެރިވުމުގެ ފުރުސަތު ލިބިފައިނުވާ ފަރާތްތަކަށް އަމާޒުކޮށްގެން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން ހިންގާ “ބްރިޖިން ޕްރޮގްރާމް” ގައި ބައިވެރިވުމުގެ ފުރުޞަތު މިއަހަރުވެސް ވަނީ ހުޅުވާލެވިފައެވެ. ހުރިހާ އުމުރުފުރާއަކަށް ބައިވެރިވެވޭ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ އިނގިރޭސި މާއްދާއެވެ. މި ޕްރޮގްރާމަކީ ކިޔަވައިދިނުމަށް އެއްވެސް އަގެއް ނެގުމަކާއިނުލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އެހެންނަމަވެސް އޯލެވެލް އިމްތިހާނުގައި ބައިވެރިވާ މާއްދާގެ ފީ ދައްކަން ޖެހޭނީ ބައިވެރިވާ ފަރާތުންނެވެ.

ވީމާ، އަލަށް މި ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހުރިނަމަ 09 މާރޗް 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން “ބްރިޖިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު” ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު މިއިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް www.kurinbee.gov.mv އިން ލިބެން ހުންނާނެއެވެ. މިދިޔަ އަހަރު މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ފަރާތްތަކުން އަލުން ފޯމް ފުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ ބައިވެރިންވެސް މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންނަމަ ބްރިޖިން ޕްރޮގްރާމުގެ ކޯޑިނޭޓަރ ހުސައިން ޝުޖާއު އަށް އެކަން އެންގެވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

ބްރިޖިން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން