ކައުންސިލުން ހިންގި އައިޓީ ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފި

ހޯޕް އިންފޮމޭޝަން ޓެކްނޮލޮޖީ ސެންޓަރ (އެޗް.އައި.ޓީ.ސީ) އާއި ކުރިނބީ ކައުންސިލް ގުޅިގެން ހދ.ކުރިނބީގައި ހިންގި ސެޓްފިކެޓް 1، 2 އަދި 3 ގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ކޯސް ނިންމި ދަރިވަރުންނަށް ސެޓްފިކެޓް ދީފި އެވެ.

 

ރޭ ކުރިނބީ ސްކޫލުގައި ބޭއްވުނު ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައި ހޯޕް އިންފޮމޭޝަން ޓެކްނޮލޮޖީ ސެންޓަރުން ކުރިނބީގައި ކުރިއަށްގެންދިޔަ ސެޓްފިކެޓް 1 ގެ ކޯހުން ދަސްވެނިވި 3 ދަރިވަރަކާއި، ސެޓްފިކެޓް 2 ގެ ކޯހުން ދަސްވެނިވި 10 ދަރިވަރަކާއި އަދި ސެޓްފިކެޓް 3 ގެ ކޯހުން ދަސްވެނިވި 14 ދަރިވަރަކު (ޖުމްލަ 27 ދަރިވަރުން) ވަނީ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ.

 

ރޭ މިކަމަށްޓަކާ ކުރިނބީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުރިނބީ ސްކޫލުގެ ޕްރިންސިޕަލް ޙުސައިން ނާޡިމް އެވެ.

 

ފޮޓޯ ގެލަރީ: https://www.kurinbee.gov.mv/1742