ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ފިޔަވައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. އަދި 1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓްގައިވާ ފަރާތްތައް އަލުން ރަޖިސްޓްރީ ވާން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

ވީމާ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން 15 މެއި 2016 ގެ އޮފީސް ބަންދުވުމުގެ ކުރިން “ފިތުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް” ފުރިހަމަކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަތީގައި ބަޔާން ކުރެވިފައިވާ ތާރީޚުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ނުވާ ވާހަކަ ދެންނެވީމެވެ. މި ފޯމް މިއިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް (kurinbee.gov.mv) އިން ލިބެން ހުންނާނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

‏10 މެއި 2017


ފިޠުރުޒަކާތާއި މުދަލުޒަކާތް ލިބިގަތުމަށް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް