ކުރިމަގު ޕްރީސްކޫލުގެ މަދަހަ މުބާރާތް ބާއްވައިފި

2017 ވަނަ އަހަރުގެ ކުރިމަގު ޕްރީސްކޫލުގެ މަދަހަ މުބާރާތް ބާއްވައިފިއެވެ. މި މުބާރާތް ބާއްވާފައިވަނީ 29 އޭޕްރިލް 2017 ވީ ހޮނިހިރު ދުވަހު ކުރިނބީ ސްކޫލުގައެވެ. މުބާރާތުގައި ބޭބީ ނާސަރީ ކްލާހުން 7 ދަރިވަރުންނާއި ނާސަރީ ކްލާހުން 10 ދަރިވަރުން ޖުމްލަ 17 ދަރިވަރުން ބައިވެރިވެފައި ވެއެވެ.

މުބާރާތުގައި ރީތި މަދަހަ ތަކެއް އަޑު އިވިގެން ދިޔައިރު މުބާރާތުގައި ވަނަ ހޮވާފައެއް ނުވެއެވެ. އެހެން ނަމަވެސް މުބާރާތުގައި ބައިވެރިވެ މަދަހަ ހުށަހެޅި ހުރިހާ ދަރިވަރުންނަށް ސެޓްފިކެޓާއި އިނާމު ދީފައިވެއެވެ.

ކުރިމަގު ޕްރީސްކޫލް މަދަހަ މުބާރާތުގެ ފޮޓޯ ގެލެރީ: https://www.kurinbee.gov.mv/1839