ހދ.ކުރިނބީ ޤަބުރުސްތާނު ސާފުކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
ހދ.ކުރިނބީ ޤަބުރުސްތާނު ސާފުކުރުމުގެ މަސައްކަތް ކުރުމަށް ކުރިނބީ ކައުންސިލާއި ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 22 މާރޗް 2017 ވީ ބުދަ ދުވަހު އެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ -/6000 (ހަ ހާސް ރުފިޔާ) އެވެ. މި މަސައްކަތުގެ މުއްދަތަކީ ސޮއިކުރާ ދުވަހުން ފެށިގެން 3 (ތިނެއް) ދުވަހެވެ. މުއްދަތު ގުނާނީ ހުކުރު ދުވަހާއި ދީނީ ގޮތުން ބަންދު ދުވަސްތައް ނުހިމަނައެވެ.
މި އެއްބަސްވުމުގައި ކުރިނބީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަޙްމަދު މުޖުތަބާ އެވެ. އަދި ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ހދ. ކުރިނބީ، ހުސްނުހީނާގެ / އަޙްމަދު ރަޝީދެވެ.