ކުރިމަގު ޕްރީސްކޫލާއި ކުރިނބީ ސްކޫލް ގުޅިގެން ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ކުރިމަގު ޕްރީސްކޫލާއި ކުރިނބީ ސްކޫލް ގުޅިގެން ކުޑަކުދިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިނބީ ސްކޫލް ހޯލުގައި ބޭއްވުނު ހަރަކާތަށް ރަށުގެ ހުރިހާ ކުޑަކުދިންނަށް ދައުވަތު ދީފައިވާނެއެވެ. މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިނބީ ސްކޫލުގައި 13 ސްޓޯލް އެއް ހަދާފައިވެއެވެ.
އޭގެތެރޭގައި:
Face Painting, Fishing, Colouring, Reading, Talent, Musical Chair, Sponge, Carrom, Chess, Balling, Egg Cart Shake, Scramble & Snakes and Ladder ހިމެނެއެވެ.
ފޮޓޯ ގެލެރީ: https://www.kurinbee.gov.mv/1865
ކުޑަކުދިންގެ ދުވަހަކީ ކޮންމެ އަހަރުކުވެސް ކުރިމަގު ޕްރީސްކޫލާއި ކުރިނބީ ސްކޫލުން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.
މިއަދު ހަވީރު ކުރިނބީ ސްކޫލް ގޯތި ތެރޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތައް 4:30 ގައި ފެށިއިރު ކުޅިވަރު ހަރަކާތްތައް ނިންމާލާފައި ވަނީ 6:00 ގައެވެ.