ފަގީރުންގެ ގޮތުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ދެވިފައިވާ މުއްދަތު އިތުރުކުރުން
1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް ފިޔަވައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކައް ދެވިފައިވާ މުއްދަތު އިތުރުވި ވާހަކަ ދަންނަވަމެވެ.
ވީމާ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކުން 18 މެއި 2017 ވަނަ ދުވަހުގެ 12:00 ގެ ކުރިން ފޯމުތައް ހުށަހެޅުމައް އެދި ދަންނަވަމެވެ. ފޯމު ބަލައިގަތުން ކުރިޔަށް ދާނީ 14 މެއި 2017 އިން ފެށިގެން 18 މެއި 2017 ގެ ނިޔަލަށެވެ. ބަޔާން ކުރެވިފައިވާ ތާރީޚުގެ ފަހުން ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް ހަމަޖެހިފައިވާ ނުވާ ވާހަކަ ދެންނެވީމެވެ. މި ފޯމް މިއިދާރާއިންނާއި މިއިދާރާގެ ވެބްސައިޓް (kurinbee.gov.mv) އިން ލިބެން ހުންނާނެއެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
18 ޝައުބާން 1438 ހ
14 މެއި 2017 މ