ކޮންމެ ގެޔަކުން އިތުރު ފަރާތަކަށް ކައުންސިލް އެސް.އެމް.އެސް ސަރވިސްގެ ޚިދުމަތް ދިނުން

މިކައުންސިލުގެ މުޙިއްމު ދެންނެވުންތައް ރައްޔިތުންނަށް ފަސޭހަކަމާއެކު އަންގައިދިނުމަށްޓަކައި “ކައުންސިލް އެސްއެމްއެސް ސަރވިސް” ގެ ނަމުގައި ޚިދުމަތެއް ތައާރަފްކޮށް، ކައުންސިލްގެ މުޙިންމު އެންގުންތަކުގެ މައުލޫމާތު ކޮންމެ ގޭބިސީއަކުންވެސް ކޮންމެވެސް 1 (އެކެއް) ބޭފުޅެއްގެ ފޯނަށް އެސް.އެމް.އެސް މެދުވެރިކޮށް އަންގައިދިނުމަށް ހަމަޖެހިފައިވީނަމަވެސް މިކަމަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާތީ އަދި ގިނަބައެއްގެ އެދިލެއްވުމުގެ މަތިން ކޮންމެ ގެޔަކުން އިތުރު ފަރާތަކަށް މި ޚިދުމަތް ފޯރުކޮށްދޭން ކައުންސިލުން ވަނީ ނިންމާފައެވެ.

ވީމާ، ކޮންމެ ގޭބިސީއަކުން ދެވަނަ ބޭފުޅެއްގެ މޯބައިލް ނަންބަރ ކައުންސިލަށް އަންގަވައިދެއްވުން އެފަރާތަކަށްވެސް ކުރިއަށް އޮތްތަނުގައި ޚިދުމަތް ލިބިގެންދާނެވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 މެއި 2017