ކުރިނބީ ކައުންސިލް އިދާރާގައި ކުލަލައި ޒީނަތްތެރިކޮށްފި
ހދ.ކުރިނބީ ކައުންސިލް އިދާރާގަޔާއި، ކައުންސިލް އިދާރާގެ ވަށާފާރުގައި ކުލަލައި ޒީނަތްތެރިކޮށްފިއެވެ.
ހދ.ކުރިނބީ ކައުންސިލް އިދާރާގަޔާއި، ކައުންސިލް އިދާރާގެ ވަށާފާރުގައި ކުލަލައި ޒީނަތްތެރިކޮށްފައިވަނީ 19 މެއި 2017 ވީ ހުކުރު ދުވަހުއެވެ. މި މަސައްކަތް ކޮށްފައިވަނީ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި، ކުރިނބީ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނާއި، ކުރިނބީ ކައުންސިލްގެ ބެލުމުގެ ދަށުން މިރަށު މިސްކިތްތަކުގައި މަސައްކަތް ކުރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުންގެ އެހީތެރިކަމާއެކުގައެވެ.
ފޮޓޯ ގެލެރީ: https://www.kurinbee.gov.mv/2526