ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ސްކޫލް ދަރިވަރުންނަށް ދީނީ ދަރުސްއެއް ބާއްވައިފި
ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހދ.ކުރިނބީ ސްކޫލް ދަރިވަރުންނަށް ހާއްސަކޮށްގެން ދީނީ ދަރުސްއެއް ބާއްވައިފިއެވެ. މި ދަރުސް ބާއްވާފައިވަނީ މިއަދު ހަވީރު 4:15 ގައި ކުރިނބީ ސްކޫލު ހޯލުގައެވެ.
ކުރިނބީ ކައުންސިލުން އިންތިޒާމުކުރި މިދަރުސް ދެއްވާފައިވަނީ އައްޝައިޚް އަބްދުލް ޤާދިރު މުޙައްމަދެވެ.
މިދަރުސްގެ މަޤްސަދަކީ ކުރިނބީ ސްކޫލް ދަރިވަރުންގެ ހިތްތަކުގައި ދީނަށް ލޯބި އުފައްދައި ރަމަޟާން މަހުގެ ދަރުމާޔާއި ޘަވާބު އެންމެ ހެޔޮގުތުގައި ހޯދުމަށް ނަސޭހަތް ދިނުމެވެ.
ފޮޓޯ ގެލެރީ: https://www.kurinbee.gov.mv/2689