ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ރައްޔިތުންނަށް ދީނީ ދަރުސްއެއް ބާއްވައިފި
ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހދ.ކުރިނބީގެ ރައްޔިތުންނަށް ހާއްސަކޮށްގެން ދީނީ ދަރުސްއެއް ބާއްވައިފިއެވެ. މި ދަރުސް ބާއްވާފައިވަނީ މިރޭ 8:45 ގައި ކުރިނބީ ސްކޫލު ހޯލުގައެވެ.
ކުރިނބީ ކައުންސިލުން އިންތިޒާމުކުރި މިދަރުސް ދެއްވާފައިވަނީ އައްޝައިޚް އަބްދުލް ޤާދިރު މުޙައްމަދެވެ.
މިދަރުސްގެ މަޤްސަދަކީ ރައްޔިތުންގެ ހިތްތަކުގައި ދީނަށް ލޯބި އުފައްދައި ރަމަޟާން މަހުގެ ދަރުމާޔާއި ޘަވާބު އެންމެ ހެޔޮގުތުގައި ހޯދުމަށް ނަސޭހަތް ދިނުމެވެ.
ފޮޓޯ ގެލެރީ: https://www.kurinbee.gov.mv/2710