1438 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރުޒަކާތް ބަލައިގަންނަން ފަށައިފި
މިއަދުން ދުވަހުން ފެށިގެން އަންނަ ޖޫން މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ނިންމައިފި އެވެ.
ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 10:30 ން 1:00 އަށެވެ. ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އަދި ޒަކާތް ދޭނީ އެބަޔަކު އަހަރު ތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތްތަކުންނެވެ.
ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިންނެވެ.
ޒަކާތް ބަލައިގަންނާނީ
އާދައިގެ ހަނޑުލުންނަމަ މީހަކަށް 19 ރުފިޔާ
ތައިލެންޑު ހަނޑުލުންނަމަ މީހަކަށް 53 ރުފިޔާ
ބާސްމަތީ ހަނޑުލުންނަމަ މީހަކަށް 78 ރުފިޔާ