ހދ.ކުރިނބީ ކައުންސިލަރުން ހުވައިކުރެއްވުމުގެ ދަރުބާރު ޖޫން 3 ވަނަ ދުވަހުގެ 13:30 ގައި

ހދ.ކުރިނބީ ރަށު ކައުންސިލްގެ 3 ވަނަ ދައުރަށް ހޮވިވަޑައިގެންނެވި ކައުންސިލަރުން މަގާމުގެ ހުވާކުރެއްވުން މިއަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގައި އޮންނާނެއެވެ. މި ދަރުބާރު ބޭއްވުމަށް ކައުންސިލުން ނިންމަވާފައިވަނީ ކުރިނބީ ސްކޫލުގައެވެ.

މިދަރުބާރަށް ސަރުކާރުގެ އޮފީސްތަކުގެ އިސްވެރިންނަށާއި އެކިއެކި މުއައްސަސާތަކުގެ ވެރިންނަށާއި އާއްމުންނަށް ދައުވަތު އެރުވުމަށް ހަމަޖެހިފައިވެއެވެ.

އާ ކައުންސިލަރުން ހުވައިކުރެއްވުމަށްފަހު ހުވައިގެ އިޤްރާރުގައި ސޮއި ކުރައްވާނެއެވެ. މިދަރުބާރަށްފަހު ބޭއްވޭ ކައުންސިލްގެ 3 ވަނަ ދައުރުގެ ފުރަތަމަ ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އާއި ނައިބުރައީސްގެ މަގާމަށް ބޭފުޅުން ހޮވުން އޮންނާނެއެވެ. މި ބައްދަލުވުން ބޭއްވުމަށް ނިންމަވާފައިވަނީ ކުރިނބީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބައްދަލުވުން ބޭއްވޭނީ ހުވައިކުރެއްވުމުގެ ރަސްމިއްޔާތު ނިމޭތާ 1 ގަޑިއިރުގެ ފަހުގެ ވަގުތެއްގައެވެ.