ކުރިނބީގައި ހިނަވާގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާންކޮށްފި

ކުރިނބީގައި ހިނަވާގެއެއް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާންކޮށްފިއެވެ.

އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ޖޫން 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޖޫން 2017 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީލިޔުމެއް ހުށަހަޅުއްވަން ޖެހޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މަޢުލޫމާތު  ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

 

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހިނަވާގެއަކީ ޕީއެސްއައިޕީގައި ހިމަނައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ވޭތުވެދިޔަ ދެ އަހަރުވެސް ކުރިނބީ ކައުންސިލުން މަސައްކަތް ކޮށްފައިވާ ޕްރޮޖެކްޓެކެވެ. 2017 ވަނަ އަހަރުގެ ޕީއެސްއައިޕީ ޕްރޮޖެކްޓެއް ގޮތުގައި މިމަސައްކަތް ކުރުމަށް ވަނީ ބަޖެޓް ލިބިފައެވެ.

މި ހިނަވާގެ އިމާރާތް ކުރެވުމުން ކުރިނބީގައި ނިޔާވާ މީހުން ހިނެވުމުގައި ލުއިތަކެއް ލިބިގެންދާނެއެވެ.

ކުރިނބީ ކައުންސިލުން ކުރި އިޢުލާން: 

(PDF, 442KB) ފައިލް ޑައުންލޯޑް ކުރައްވާ