އިންތިޚާބީ ކައުންސިލަރުންނާއެކު އިންތިޤާލީ ކޮމެޓީގެ ބައްދަލުވުން ބާއްވައިފި

އިންތިޚާބީ ކައުންސިލަރުންނާއެކު އިންތިޤާލީ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ 01 ޖޫން 2017 ވީ ބުރާސްފަތި ދުވަހުގެ ރޭގަނޑު 21:30 ގައި ކުރިނބީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

ކައުންސިލަރުންގެ ދައުރު ބަދަލުވުމުގެ މަރުހަލާގައި އިންތިޤާލީ ކޮމެޓީން އެކުލަވާލީ ރިޕޯޓް މި ބައްދަލުވުމުގައި ހިއްސާކޮށްފައިވެއެވެ.

އަދި ކައުންސިލްގެ ތަޢާރަފާއި، ކައުންސިލްގެ ޤަވާއިދާއި އަދި ބަޖެޓާ ބެހޭ މަޢުލޫމާތު، ކައުންސިލަރުންނަށް ދެއްވިއެވެ. މީގެއިތުރުން، ފާއިތުވި ދައުރުގައި ކައުންސިލުން ކުރެއްވި މުހިންމު މަސައްކަތްތައް ހިއްސާ ކުރެއްވިއެވެ. އަދި ކައުންސިލުގެ ތަޞައްވުރާއި ކުރިއަށް ރޭވިފައިވާ ހަރަކާތްތަކާބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ.

އާ ކައުންސިލަރުން މާގާމުގެ ހުވާކުރައްވާނީ ޖޫން މަހުގެ 3 ވަނަ ދުވަހު އެކަމަށްޓަކައި ކުރިނބީ ސްކޫލުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ފޮޓޯ ގެލެރީ: https://www.kurinbee.gov.mv/2953