ކައުންސިލުން ރަށުގެ މުއައްސަސާތަކާއި ބައްދަލުކޮށްފި
ކައުންސިލުން ރަށުގެ މުއައްސަސާތަކާއި މިއަދު ބައްދަލުކޮށްފިއެވެ. އެގޮތުން މިއަދު ބައްދަލުކޮށްފައިވަނީ ކުރިނބީ ސްކޫލުގެ ސީނިއާ މެނޭޖްމެންޓާއި، ކުރިނބީ ޞިއްޚީމަރުކަޒާއެވެ.
މި ބައްދަލުވުމުގައި މުއައްސަސާތަކަށް ދިމާވެފައިވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާކޮށް މުއައްސަސާތަކުން ފާހަގަކުރި ކަންކަން ނޯޓުކޮށްފައިވެއެވެ.
މީގެ އިތުރުން ކުރިމަގު ޕްރީސްކޫލުގެ ޓީޗަރުންނާވެސް މިއަދު ބައްދަލުކޮށްފައިވާއިރު ކުރިނބީ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ކައުންސިލްގެ ބެލުމުގެ ދަށުން ރަށުގެ މިސްކިތްތަކުގައި މަސައްކަތްކުރާ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ މުވައްޒަފުންނާވެސް ބައްދަލުކޮށްފައިވެއެވެ.