1438 ވަނަ އަހަރުގެ ކައުންސިލް މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

1438 ވަނަ އަހަރުގެ ރަމަޟާންމަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ މުޅިރަށަށަ ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ މަދަހަ މުބާރާތެކެވެ.

މުބާރާތް އޮންނާނީ 24 ޖޫން 2017 ވާ ހޮނިހިރު ދުވަހުއެވެ. ނަން ނޯޓް ކުރުމުގެ އެންމެފަހު ވަގުތަކީ 15 ޖޫން 2017 ވަނަ ދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށެވެ. ބައިވެރިން ކިޔުމަށް ބޭނުންވާ މަދަހަ (ލިޔެފައި) ކައުންސިލާއި ހަވާލުކުރަންޖެހޭނެއެވެ. ބައިވެރިން ކިޔަން ބޭނުންވާ މަދަހަ ކައުންސިލާއި ހަވާލުކުރަންޖެހޭ އެންމެ ފަހު ތާރީޚަކީ 20 ޖޫން 2017 އެވެ.

ނަން ނޯޓް ކުރުމަށް ދުރުވާއިރު އައި.ޑީ.ކާޑު ހިފައިގެން ދުރުވަން ހަނދުމަފުޅުކޮށް އަރުވަމެވެ. މި މުބާރާތަށް އިނާމް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް 15 ޖޫން 2017 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.