ކުރިމަގު ޕްރީސްކޫލުގެ ޕޯޓްފޯލިއޯ ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި
ކުރިމަގު ޕްރީސްކޫލުގެ ޕޯޓްފޯލިއޯ ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައިވަނީ 08 ޖޫން 2017 ވީ ބުރާސްފަތި ދުވަހުގެ ހަވީރު 4:15 ގައި ކުރިނބީ ސްކޫލު ހޯލުގައެވެ.
މި ރަސްމިއްޔާތުގައި ކުރިމަގު ޕްރީސްކޫލުގައި ތައުލީމު ހާޞިލްކުރަމުންދާ ބޭބީ ނާސަރީ އަދި ނާސަރީ ދަރިވަރުންނަށް ޕޯޓްފޯލިއޯ ހަވާލުކޮށްފައިވެއެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުރިނބީ ޞިއްޚީމަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރ އާދަމް ޝަޒީމް އެވެ.