1438 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ނަންނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފި

1438 ވަނަ އަހަރުގެ ފިޠުރު އީދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް ނަންނޯޓުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް އޮންނާނީ 25 ޖޫން 2017 ވާ އާދިއްތަ ދުވަހުއެވެ. ނަން ނޯޓް ކުރުމުގެ އެންމެ ފަހު ތާރީޚަކީ 14 ޖޫން 2017 ވާ ބުދަ ދުވަހެވެ. ބައި ބެހުމަށް ހަމަޖެހިފައިވަނީ 15 ޖޫން 2017 ވާ ބުރާސްފަތި ދުވަހެވެ.

ނަން ނޯޓް ކުރެއްވުމަށް ކައުންސިލްގެ ނައިބުރައީސް އަބްދުއްފައްތާޙު އަބޫބަކުރު (9640403) ނުވަތަ ކައުންސިލް މެންބަރ މުޙައްމަދު ޝާފީ (7895963) އާއި ގުޅުއްވުން އެދެމެވެ.

މި މުބާރާތަށް އިނާމު ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް 22 ޖޫން 2017 ވަނަ ދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށް އެ ފުރުޞަތު ހުޅުވާލެވިފައިވާނެއެވެ.