ޤައުމީ ޤުރުއާން މުބާރާތުގެ ހދ. އަތޮޅު އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
32 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށް ބާއްވާ ހދ. އަތޮޅު އޮޑިޝަން ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ހދ. އަތޮޅު ކައުންސިލުން ބާއްވާ މިއޮޑިޝަން އޮންނާނީ، މިޖޫން މަހުގެ 30 އަދި ޖުލައި މަހުގެ 1 ވަނަ ދުވަހު ކުޅުދުއްފުށީގައެވެ. މިމުބާރާތުގައި ކޮންމެ ޢުމުރުފުރައަކަށްވެސް ބައިވެރިވެވޭނެއެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖޫން 2017 ގެ ކުރީން އެރަށެއްގެ ރަށު ކައުންސިލަށް ފޯމު ހުށަހަޅަން ޖެހެއެވެ.
ޤައުމީ ޤުރުއާން މުބާރާތަށް ހޮވޭނީ ކޮންމެ ގޮތްޕަކުންވެސް، އެންމެ މަތީ މާކްސް ލިބޭ 2 ފަރާތެކެވެ. ބައިވެރިވެފައިވާ ފަރާތުން އެއްގޮތްޕަށްވުރެ ގިނަ ގޮފީގައި ބައިވެރިވީ ނަމަވެސް، ޤައުމީ މުބާރާތުގައި ވާދަކުރެވޭނީ އިޚްތިޔާރުކުރާ ކޮންމެވެސް އެއް ގޮފީގައެވެ.
32 ވަނަ ޤައުމީ ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެމްބަރ 2017 ގައެވެ.