1438 ވަނަ އަހަރުގެ ފިޠުރު އީދުގެ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

1438 ވަނަ އަހަރުގެ ފިޠުރު އީދުގެ ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއިދާރާއިން މިއަދު ނެރުނު އިޢުލާނުގައި ދެންނެވިފައިވާފަދައިން ދުވުމުގެ ރޭސް (އަންހެން / ފިރިހެން)، ހޭވައްލާ ރޭސް، ތިންމުގޯލި (އަންހެން / ފިރިހެން)، ރިލޭރޭސް، ދުވާބައިބަލާ، އަދި ރާޒުވާ މުބާރާތުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން މި ހިނގާ ޖޫން މަހުގެ 20 ވަނަ ދުވަހުގެ ކުރިން މުޙައްމަދު ޝާފީ (9681347)، މުޙައްމަދު އަފްރާޙް (9899668) ނުވަތަ ޢަބްދުލްފައްތާޙު އަބޫބަކުރު (9640403) އަށް ގުޅުއްވައިގެން ނަން ނޯޓް ކުރުމުގެ ފުރުޞަތު ވާނީ ހުޅުވާލެވިފައެވެ.

ދުވުމުގެ ރޭހަކީ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ ކުޅިވަރެކެވެ. އެގޮތުން އުމުރުފުރާ ތަކަކީ 10 އަހަރުންދަށް، 10 އަހަރާއި 15 އަހަރާއި ދެމެދު އަދި 16 އަހަރުން މައްޗެވެ. ތިންމުގޯލި ކުޅޭނީ ދެއަވަށް ވަކިންނެވެ. ރިލޭ ރޭހާއި ދުވާ ބައިވަލާގައި ބައިވެރިވުމަށްޓަކައި 6 ބައިވެރިންގެ ޓީމެއް އެކުލަވާލައި ޓީމް މެންބަރުންގެ ނަންތައް ނޯޓް ކުރަންވާނެއެވެ.

 

މިއަހަރުގެ ފިޠުރު އީދުގެ މުނާސަބަތުގައި މި ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ތިރީގައި އެވަނީ އެވެ.

25 ޖޫން 2017 (އާދިއްތަ)
08:00 އީދުސައި
09:00 ފެންކުޅި
13:00 ދުވުމުގެ ރޭސް (އަންހެން / ފިރިހެން) – އުމުރުފުރާތަށް ވަކިން
14:00 ހޭވައްލާ ރޭސް
16:30 ތިންމުގޯލި (އަންހެން / ފިރިހެން) – ދެއަވަށް ވަކިން
20:45 އީދު ޝޯވ
 
26 ޖޫން 2017 (ހޯމަ)
09:00 ރިލޭރޭސް – 6 ބައިވެރިންގެ ޓީމް
10:00 ދުވާބައިބަލާ – 6 ބައިވެރިންގެ ޓީމް
16:00 ވޮލީ މުބާރާތް ފަށާމެޗް
 
27 ޖޫން 2017 (އަންގާރަ)
06:15 ވޮލީ މުބާރާތުގެ 2 ވަނަ މެޗް
09:00 ނުނިމޭ ކުޅިވަރުތައް
16:00 ކުޑަކުދިންގެ ހަވީރު
20:45 ރާޒުވާ މުބާރާތް ފެށުން
 
28 ޖޫން 2017 (ބުދަ)
06:00 ވޮލީ މުބާރާތުގެ 3 ވަނަ މެޗް
16:00 ވޮލީ މުބާރާތުގެ 4 ވަނަ މެޗް
20:45 ރާޒުވާ މުބާރާތް
 
29 ޖޫން 2017 (ބުރާސްފަތި)
06:00 ވޮލީ މުބާރާތުގެ 5 ވަނަ މެޗް
16:00 ވޮލީ މުބާރާތުގެ 6 ވަނަ މެޗް
20:45 ރާޒުވާ މުބާރާތުގެ ފައިނަލް
 
01 ޖުލައި 2017 (ހޮނިހިރު)
16:00 ވޮލީ މުބާރާތުގެ ފައިނަލް