1438 ވަނަ އަހަރުގެ ކައުންސިލް މަދަހަ މުބާރާތް ބާއްވައިފި

1438 ވަނަ އަހަރުގެ ކައުންސިލް މަދަހަ މުބާރާތް ބާއްވައިފިއެވެ.

އިއްޔެ ހެނދުނު 09:00 ގައި ފެށި މި މުބާރާތުގައި 5 އުމުރުފުރާއެއްގެ ބައިވެރިން ވަނީ މަދަހަ ހުށަހަޅާފައެވެ. އުމުރުފުރާތައް ބަހާލައިފައިވަނީ 6 އަހަރުން ދަށުގެ އުމުރުފުރާ، 9 އަހަރުން ދަށުގެ އުމުރުފުރާ، 11 އަހަރުން ދަށުގެ އުމުރުފުރާ، 13 އަހަރުން ދަށުގެ އުމުރުފުރާ އަދި 16 އަހަރުން ދަށުގެ އުމުރުފުރާ އަށެވެ.

މި މުބާރާތަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ކުރިނބީ ކައުންސިލުން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ކުރިނބީ ސްކޫލް ހޯލުގައެވެ.

މުބާރާތް ނިމުމާއެކު މި މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަކުގެ ނަންތައް އިޢުލާންކުރެވި އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދެވިފައިވެއެވެ.

އެގޮތުން މުބާރާތުގެ ވަނަ ވަނައަށް ދިޔަ ފަރާތްތަށް ތިރީގައި އެވަނީ އެވެ.

• 9 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ އާމިނަތު ޝިއުރާ ބިންތި ޢަލީ ސަމީމް (A384189)
• 9 އަހަރުން ދަށުގެ އުމުރުފުރާއިން 2 ވަނަ ޢާއިޝަތު ޔާޝާ (A392372)
• 9 އަހަރުން ދަށުގެ އުމުރުފުރާއިން 3 ވަނަ ފާޠިމަތު ޒޯޔާ ޙަސަން (A394181)
• 11 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ އާމިނަތު ރިޝްފާ ޢަބްދުﷲ (A358043)
• 11 އަހަރުން ދަށުގެ އުމުރުފުރާއިން 2 ވަނަ އައިމިނަތު ޝާޙާ (A366021)
• 11 އަހަރުން ދަށުގެ އުމުރުފުރާއިން 3 ވަނަ މަރިޔަމް ޢާލާ (A369128)
• 13 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ ފަރުޝާ ޢަބްދުއްރަޙުމާން (A331163)
• 13 އަހަރުން ދަށުގެ އުމުރުފުރާއިން 2 ވަނަ ފާޠިމަތު ސިނާ މުޙައްމަދު (A328762)
• 13 އަހަރުން ދަށުގެ އުމުރުފުރާއިން 3 ވަނަ ރަޢުލާ އަބުދުއް ސަލާމް (A338511)
• 16 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ އާމިނަތު ޝަރާ (A227231)
• 16 އަހަރުން ދަށުގެ އުމުރުފުރާއިން 2 ވަނަ ޢާއިޝަތު ސުހާ (A384788)
• 16 އަހަރުން ދަށުގެ އުމުރުފުރާއިން 3 ވަނަ ޖުމާނާ ޙަސަން (A321210)
• 19 އަހަރުން ދަށުގެ އުމުރުފުރާއިން 1 ވަނަ ލަމްޙާ މުޙައްމަދު (A227098)
• 19 އަހަރުން ދަށުގެ އުމުރުފުރާއިން 2 ވަނަ ރާނިޔާ މުޙައްމަދު (A227104)
• 19 އަހަރުން ދަށުގެ އުމުރުފުރާއިން 3 ވަނަ ޙަމްނާ މުޙައްމަދު (A227292)
• މުޅިމުބާރާތުން 1 ވަނަ ލަމްޙާ މުޙައްމަދު (A227098)
• މުޅިމުބާރާތުން 2 ވަނަ އާމިނަތު ރިޝްފާ ޢަބްދުﷲ (A358043)
• މުޅިމުބާރާތުން 3 ވަނަ ފަރުޝާ ޢަބްދުއްރަޙުމާން (A331163)

މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ޢަބްދުއްރަޝީދު އިބްރާހިމް، އާދަމް ޝަޒީމް، ޙުސައިން ރަޝީދު އަދި ޙުސައިން ވަޙީދުއެވެ.

ފޮޓޯ ގެލެރީ: https://www.kurinbee.gov.mv/3731