އިޖުތިމާއީ މަރުކަޒުގައި އީދުސައެއް ބާއްވައިފި

1438 ވަނަ އަހަރުގެ ފިތުރު އީދު ނަމާދަށްފަހު، ކުރިނބީ ޒުވާނުންގެ އިޖުތިމާއީ މަރުކަޒުގައި އީދު ސައެއް ބާއްވައިފިއެވެ.

މިއީ މިކައުންސިލާއި ރައްޔިތުން ގުޅިގެން ބޭއްވި އީދުސައެކެވެ. މި ސައިގައި ރަށުގެ ކުދި ބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުވެސް ކައުންސިލާއި ރައްޔިތުން ގުޅިގެން އީދުސައި ބާއްވައިފައިވެއެވެ.

މިއަހަރުގެ ފިޠުރު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރޭވިފައިވާ ހަރަކާތްތަކުގެތެރޭގައި ދުވުމުގެ ރޭހާއި، ރިލޭރޭހާއި، ހޭވައްލާރޭހާއި، ތިންމުގޯލި އަދި އީދުޝޯ ފަދަ ހަރަކާތްތަށް ހިމެނެއެވެ.

(އީދުސައިގެ ފޮޓޯ ގެލެރީ ބެއްލެވުމަށް މިތަނަށް ކްލިކް ކޮށްލައްވާ)