ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ފުރަތަމަ މެޗު ”ގަދަކުރި“ އިން ކާމިޔާބުކޮށްފި

25 ޖޫން 2017 ވަނަ ދުވަހު ހަވީރު ކުޅުނު ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ”ޓީމް ސްޕައި“ އަދި ”ގަދަކުރި“ އެވެ.

މި މެޗް 3 ސެޓް 1 ސެޓުން ޓީމް ސްޕައި ބަލިކޮށް ގަދަކުރި އިން މެޗު ކާމިޔާބުކޮށްފިއެވެ.

ކުރިނބީ ވޮލީ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް 19 – 25 އިން ކާމިޔާބުކުރީ ގަދަކުރި ޓީމުންނެވެ. ދެވަނަ ސެޓް 23 – 25 އިން ގަދަކުރި ޓީމުން ކާމިޔާބުކުރިއިރު ތިން ވަނަ ސެޓް 16 – 25 އިން ކާމިޔާބުކުރީ ޓީމް ސްޕައި އެވެ. މެޗުގެ 4 ވަނަ ސެޓް ފަސޭހަ ކަމާއިއެކު 8 – 25 އިން ކާމިޔާބުކުރީ ގަދަކުރި ޓީމުންނެވެ.