ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ދެވަނަ މެޗު ”ވެނޮމް“ އިން މެޗު ކާމިޔާބުކޮށްފި

26 ޖޫން 2017 ވަނަ ދުވަހު ހެނދުނު ކުޅުނު ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ދެވަނަ މެޗުގައި ބައްދަލުކުރީ ”ޔަންގް ސްޓަރ“ އަދި ”ވެނޮމް“ އެވެ.

މި މެޗް 3 ސެޓް 2 ސެޓުން ޔަންގް ސްޓަރ ބަލިކޮށް ވެނޮމް އިން މެޗު ކާމިޔާބުކޮށްފިއެވެ.

ކުރިނބީ ވޮލީ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓް ފަސޭހަ ކަމާއިއެކު 12 – 25 އިން ކާމިޔާބުކުރީ ޔަންގްސްޓަރ އެވެ. ދެވަނަ ސެޓް 19 – 25 އިން ވެނޮމް ޓީމުން ކާމިޔާބުކުރިއިރު ތިން ވަނަ ސެޓް 24 – 26 އިން ކާމިޔާބުކުރީ ޔަންގް ސްޓަރ އެވެ. މެޗުގެ 4 ވަނަ ސެޓް 22 – 25 އިން އަދި ފަސްވަނަ ސެޓް 14 – 16 އިން ކާމިޔާބުކޮށްފައިވަނީ ވެނޮމް އެވެ.