ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ތިންވަނަ މެޗު ”ޓީމް ސްޕައި“ އިން ކާމިޔާބުކޮށްފި

26 ޖޫން 2017 ވަނަ ދުވަހު ހަވީރު ކުޅުނު ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ތިންވަނަ މެޗުގައި ބައްދަލުކުރީ ”ޔަންގް ސްޓަރ“ އަދި ”ޓީމް ސްޕައި“ އެވެ.

މި މެޗް ސީދާ 3 ސެޓުން ޔަންގް ސްޓަރ ބަލިކޮށް ޓީމް ސްޕައި އިން މެޗު ކާމިޔާބުކޮށްފިއެވެ.

ކުރިނބީ ވޮލީ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓްތައް ގެންގޮސްފައިވާ ގޮތަށް ބަލައިލާއިރު، ފުރަތަމަ ސެޓާއި ދެވަނަ ސެޓް ޓީމް ސްޕައި އިން ގެންގޮސްފައިވަނީ 20 – 25 އިންނެވެ. އަދި ތިންވަނަ ސެޓް ގެންގޮސްފައިވަނީ 24 – 26 އިންނެވެ.