ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ހަތަރުވަނަ މެޗު ”ވެނޮމް“ އިން ކާމިޔާބުކޮށްފި

27 ޖޫން 2017 ވަނަ ދުވަހު ހެނދުނު ކުޅުނު ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ހަތަރުވަނަ މެޗުގައި ބައްދަލުކުރީ ”ގަދަކުރި“ އަދި ”ވެނޮމް“ އެވެ.

މި މެޗް 3 ސެޓް 2 ސެޓުން ގަދަކުރި ބަލިކޮށް ވެނޮމް އިން މެޗު ކާމިޔާބުކޮށްފިއެވެ.

ކުރިނބީ ވޮލީ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓްތައް ގެންގޮސްފައިވާ ގޮތަށް ބަލައިލާއިރު، ފުރަތަމަ ސެޓް 25 – 27 އިން ގެންގޮސްފައިވަނީ ގަދަކުރިއެވެ. ދެވަނަ ސެޓް 23 – 25 އިން ވެނޮކް ކާމިޔާބުކޮށްފައިވާއިރު ތިންވަނަ ސެޓް 23 – 25 އިން ކާމިޔާބުކޮށްފައިވަނީ ގަދަކުރިއެވެ. 4 ވަނަ ސެޓް 22 – 25 އިން އަދި ފަސްވަނަ ސެޓް 08 – 15 އިން ކާމިޔާބުކޮށްފައިވަނީ ވެނޮމް އެވެ.

މި މުބާރާތުގެ 2 މެޗެއް މާދަމާވެސް އޮންނާނެއެވެ. މާދަމާގެ ހެނދުނުގެ މެޗުގައި ބައްދަލުކުރާނީ ޓީމް ސްޕައި އަދި ވެނޮމް އެވެ. ހަވީރު އޮންނަ މެޗުގައި ބައްދަލުކުރާނީ ގަދަކުރި އަދި ޔަންގް ސްޓަރ އެވެ.