ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ފަސްވަނަ މެޗު ”ޓީމް ސްޕައި“ އިން ކާމިޔާބުކޮށްފި

28 ޖޫން 2017 ވަނަ ދުވަހު ހެނދުނު ކުޅުނު ކައުންސިލް ވޮލީ ޓޯނަމެންޓް 2017 ގެ ފަސްވަނަ މެޗުގައި ބައްދަލުކުރީ ”ވެނޮމް“ އަދި ”ޓީމް ސްޕައި“ އެވެ.

މި މެޗް ސީދާ 3 ސެޓުން ވެނޮމް ބަލިކޮށް ޓީމް ސްޕައި މެޗު ކާމިޔާބުކޮށްފިއެވެ.

ކުރިނބީ ވޮލީ ކޯޓުގައި ކުޅުނު މި މެޗުގެ ސެޓްތައް ގެންގޮސްފައިވާ ގޮތަށް ބަލައިލާއިރު، ފުރަތަމަ ސެޓް 22 – 25 އިން ގެންގޮސްފައިވަނީ ޓީމް ސްޕައި އެވެ. ދެވަނަ ސެޓް 21 – 25 އިން ޓީމް ސްޕައި ކާމިޔާބުކޮށްފައިވާއިރު ތިންވަނަ ސެޓް ކާމިޔާބު ކޮށްފައިވަނީ 23 – 25 އިންނެވެ.

ޕޮއިންޓް ތާވަލަށް ބަލާއިރު ޓީމް ސްޕައި އަށް މިހާތަނަށް ލިބިފައިވަނީ 6 ޕޮއިންޓެވެ. ގަދަކުރިއާއި ވެނޮމް އަށް 4 ޕޮއިންޓް ލިބިފައިވާއިރު ޔަންގް ސްޓަރ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގެ މެޗެއް މިއަދު ހަވީރުވެސް އޮންނާނެއެވެ. ހަވީރު އޮންނަ މެޗުގައި ބައްދަލުކުރާނީ ގަދަކުރި އަދި ޔަންގް ސްޓަރ އެވެ.