ބްރިޖިން ޕްރޮގްރާމް ހިންގައިދޭ ފަރާތާއި ބައްދަލުކޮށްފި

ކުރިނބީ ސްކޫލާއި، ކުރިނބީ ކައުންސިލް، ބްރިޖިން ޕްރޮގްރާމް ހިންގައިދޭ ފަރާތް، އަދި ޕްރޮގްރާމުގެ ބައިވެރިންނާއި، ޓީޗަރުންނާއިއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ 6 ޖުލައި 2017 ވީ ބުރާސްފަތި ދުވަހު ކުރިނބީ ސްކޫލު ހޯލުގައެވެ.

މި ބައްދަލުވުމުގައި، ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ދިމާވާ ދަތިތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. އަދި ޤުރުއާން ކްލާސްތަކެއް ވަރަށް އަވަހަށް ފެށުމަށާއި، ޓީޝާޓް ޕްރިންޓިންގ ކްލާސްތަކެއް ފެށުމާއި ބެހޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.

ކޮޕީރައިޓް © 2019، ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލް