ފެނަކަ ކޯޕަރޭޝަން ލިމިޑެޓް ކުރިނބީ ބްރާންޗްގެ ސީނިއާ މެނޭޖްމެންޓާއި ކައުންސިލުން ބައްދަލުކޮށްފި

12 ޖުލައި 2017 ވީ ބުދަ ދުވަހު ފެނަކަ ކޯޕަރޭޝަން ލިމިޑެޓް ކުރިނބީ ބްރާންޗްގެ ސީނިއާ މެނޭޖްމެންޓާއި ކައުންސިލުން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި މަގުމަތީ ބައްތިތައް މަރާމާތު ކުރުމުގައި ފެނަކައިގެ އެހީތެރިކަން ކުރިއެކޭވެސް އެއްގޮތަށް ހޯދުމަށާއި، މަގުމަތީ ބައްތިތަކަށް މަތިން އެޅިފައިހުރި ކޭބަލްތައް ވަޅުލުމާއި ބެހޭގޮތުންނާއި، ކުރިނބީގެ ކަރަންޓްގެ ހާލަތު ރަނގަޅު ކުރުމަށް އިތުރަށް ބޭނުންވާ ކަންތައްތަކާއިމެދު އަދި ADB ޕްރޮޖެކްޓް ލަސްވަމުންދާތީ އެކަމާއި ބެހޭގޮތުންނެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުމަށްފަހު ނިންމުނީ ކުރިނބީގެ ކަރަންޓްގެ ހާލަތު ބަޔާންކޮށް ފެނަކަ މައި އޮފީހަށް ކައުންސިލުން ސިޓީ ފޮނުވުމަށާއި، ADB ޕްރޮޖެކްޓް އަވަސްކޮށްދެއްވުމަށް އެދި ފެނަކައިގައި ދެންނެވުމަށާއި، ޚިދުމަތް ރަނގަޅު ކުރުމަށް 160 ކިލޯވޯޓުގެ އިތުރު ޖަނަރޭޓަރެއް ހޯދުމަށް މަސައްކަތް ކުރުމަށެވެ.