ހިނަވާގެ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް އިޢުލާންކޮށްފި

ހދ.ކުރިނބީގައި ހިނަވާގެ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއަދު އިޢުލާންކޮށްފިއެވެ. މިއީ ހިނަވާގެ އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް 3 ވަނަ ފަހަރަށް ކުރި އިޢުލާނެވެ. ފުރަތަމަ ފަހަރަށް ކުރި އިޢުލާން ބާތިލްކޮށްފައިވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެދިލެއްވުމުގެ މަތިންނެވެ. ދެވަނަ ފަހަރަށް ކުރި އިޢުލާން ބާތިލްކޮށްފައިވަނީ ހިނަވާގެ އެޅުމުގައި ކަމާބެހޭ ފަރާތްތަކުން ހޯދަންޖެހޭ ހުއްދަތަށް ހޯދުމަށާއި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމާއިއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި މަޝްވަރާކުރުމަށްޓަކައެވެ.

3 ވަނަ ފަހަރަށް ކުރި އިޢުލާނުގައި ވާގޮތުން މިއިދާރާއިން ދޭ ބީއޯކިއު އާއި ކުރެހުންތަކާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ޖުލައި 2017 ވާ އަންގާރަ ދުވަހުގެ 11:00 ގައި މައުލޫމާތު ސާފުކުރުމަށްފަހު 09 އޮގަސްޓް 2017 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހަޅަންޖެހެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށާއި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއެއް ހުށަހަޅަންޖެހެއެވެ.

މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި (19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭނެ އުޞޫލަކީ: ހުށަހަޅާ އެންމެ ކުޑައަގަށް 80 ޕޮއިންޓް، އެންމެ ކުރު މުއްދަތަށް 10 ޕޮއިންޓް، ތަޖުރިބާއަށް 10 ޕޮއިންޓް އެވެ.

ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ޢިމާރާތްކުރުމާއި ޢިމާރާތް މަރާމާތުކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ އަދި ފިނިޝިންގ ވާރކްސްއެވެ. ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ސިޓީ/ލިޔުމަކަށް ބަލާފައެވެ.

(PDF, 1014KB) ފައިލް ޑައުންލޯޑް ކުރައްވާ