ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.އަތޮޅަށް ދިގުމުއްދަތަކަށް ޝަރަފްވެރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކާއި، ތަފާތު އެކި ދާއިރާތަކުން އަތޮޅަށް އަގުހުރި ޚިދުމަތްތައް ކޮށްދެމުންދާ ފަރާތްތަކާއި ފަޚްރުވެރި ވަނަތައް ހޯދާދީފައިވާ ފަރާތްތަކުގެ، އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން ހދ.އަތޮޅު ކައުންސިލުން ބާއްވާ “ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު” އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.

މީގެ އިތުރުން، އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލްތަކާއި، ސްކޫލް މަދަރުސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ކުލަބު ޖަމްޢިއްޔާތައް ފާހަގަކޮށް، އެފަރާތްތަކަށްވެސް އިނާމު ދިނުމަށް މިއަހަރުވެސް ހަމަޖެހިފައި ވެއެވެ. މިއިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ، ޝަރަފްވެރިކަމުގެ އިނާމު، ހިއްވަރުދިނުމުގެ އިނާމު، ހދ.އަތޮޅުކައުންސިލުންދޭ ޚާއްޞަ އިނާމު، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމެވެ.

ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމުދިނުމުގެ އުޞޫލާއި އެއްގޮތްވާގޮތުގެ މަތިން އިނާމަށް ނަން ހުށަހަޅަން އެދޭ ފަރާތްތަކުން 2017 ސެޕްޓެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރައްވާ ހދ.އަތޮޅު ކައުންސިލް އިދާރާއަށް ނުވަތަ އެރަށެއްގެ ރަށުކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އަތޮޅު ކައުންސިލުން މިހާރުވަނީ ޢާންމުކޮށް އިޢުލާނު ކޮށްފައެވެ.


ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު ނަންހުށަހަޅާ ފޯމު (ޝަރަފްވެރިކަމުގެ އިނާމު / ހިއްވަރުދިނުމުގެ އިނާމު)

ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމު ނަންހުށަހަޅާ ފޯމު (އެހެނިހެން)

އިޢުލާނު 2017/23 – ނަން ހުށަހެޅުމަށް ހުޅުވާލުން