ކުރިނބީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރަނީ

ކުރިނބީ ކައުންސިލުން ކުރިނބީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ނިންމައިފިއެވެ. މިގޮތުން މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2017 ޖުލައި 31 ވާ ހޯމަ ދުވަހުގެ ރޭ 8:45 ގައި ކުރިނބީ ސްކޫލް ހޯލުގައެވެ.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ މިބައްދަލުވުމުގައި 2017 ވަނަ އަހަރުގެ ފުރަތަމަ ހަމަހު ކައުންސިލުން ކުރިއަށް ގެންދިޔަ ހަރަކާތްތަކާއި 2017 ވަނަ އަހަރު ކުރިއަށް ރޭވިފައި ހުރި ހަރަކާތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 2018 ވަނަ އަހަރަށް ކައުންސިލުން ތައްޔާރުކުރާ ބަޖެޓާއި މަސައްކަތު ތާވަލާ ބެހޭގޮތުން މަޝްވަރާކުރުމުގެ އިތުރުން އެހެނިހެން ބައެއްކަންކަމާ ރައްޔިތުންގެ ޚިޔާލު ހޯދުމަށްވަނީ ހަމަޖެހިފައެވެ. އަދި ސީ.އައި.ޓީ.އެމް އާއި ކުރިނބީ ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޮމްޕިއުޓަރ ކޯސްތަކުގެ ތެރެއިން ކައުންސިލަށް ލިބިފައިވާ ފްރީ ސްކޮލަރޝިޕްގެ ގުރުއަތު ނެގުންވެސް މި ބައްދަވުމުގައި ކުރިއަށް ދާނެއެވެ.

ކައުންސިލް 3 ވަނަ ދައުރަކަށް އިތިޚާބުކުރެވުނު ފަހުން ރައްޔިތުންނާ ކައުންސިލުން ބައްދަލުކުރާ މިއީ ފުރަތަމަ ފަހަރެވެ.