ކުރިމަގު ޕްރީސްކޫލަށް ފަންޑްރައިޒް ކުރުމަށް ބާއްވާ ފުޑްފެއަރ އަންނަ ހުކުރު ދުވަހު

ކުރިމަގު ޕްރީސްކޫލަށް ފަންޑްރައިޒް ކުރުމަށްޓަކައި ކައުންސިލާއި ކުރިމަގު ޕްރީސްކޫލް ގުޅިގެން ބާއްވާ ވަރަށް ޙާއްސަ ފުޑްފެއަރ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފުޑްފެއަރ އޮންނާނީ 4 އޮގަސްޓް 2017 ވާ ހުކުރު ދުވަހު ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. މި ފުޑްފެއަރ ގައި ޕިއްޒާ، ފްރައިޑް ރައިސް، ފްރައިޑް ނޫޑްލްސް، ސޭންޑްވިޗް، ސަބްމެރިން، ފިޝަން ޗިޕްސް ކަހަލަ ވަރަށް ޙާއްސަ ކެއުންތައް ލިބެން ހުންނާނެއެވެ.