ޖުލައިމަސް ނިމުމުގެ ކުރިން ރައްޔިތުންނަށް ހުޅުވާލައިގެން ބާއްވަންޖެހޭ ބައްދަލުވުން ބާއްވައިފި

 ކުރިނބީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމަކީ ކޮންމެ އަހަރެއްގެ ޖުލައިމަސް ނިމުމުގެ ކުރިން ކައުންސިލުން ބާއްވަން ލާޒިމްކުރާ ބައްދަލުވުމެކެވެ. މިގޮތުން މިއަހަރު މިބައްދަލުވުން ބާއްވާފައިވަނީ 31 ޖުލައި 2017 ހޯމަ ދުވަހުގެ ރޭ 8:45 ގައި ކުރިނބީ ސްކޫލް ހޯލުގައެވެ.

މިބައްދަލުވުމުގައި ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް، ކައުންސިލްގެ ނައިބުރައީސް ޢަބްދުލްފައްތާޙު އަބޫބަކުރު އަދި ކައުންސިލް މެންބަރ މުޙައްމަދު ޝާފީ ވާހަކަދެއްކެވިއެވެ. އެގޮތުން މިހިނގާ 2017 ވަނަ އަހަރު ފުރަތަމަ ހަމަހު ކައުންސިލުން ކުރެވުނު ކަންތައްތަކާއި، މިއަހަރު ކުރިއަށް ރޭވިފައިހުރި ކަންތައްތަކާގުޅޭ ގޮތުން ރައްޔިތުންނާ މައުލޫމާތު ހިއްސާކޮށްފައެވެ. އަދި 2018 ވަނަ އަހަރަށް ރޭވިފައިހުރި ހަރަކާތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

 

މިބައްދަލުވުމުގައި ރައްޔިތުންގެ ތެރެއިން 80 އެއްހާ މީހުން ބައިވެރިވެފައިވެއެވެ.