ކުރިމަގު ޕްރީސްކޫލުގެ ފުޑްފެއަރއެއް ބާއްވައިފި

ކުރިމަގު ޕްރީސްކޫލަށް ފަންޑްރައިޒް ކުރުމަށްޓަކައި ކައުންސިލާއި ކުރިމަގު ޕްރީސްކޫލް ގުޅިގެން ވަރަށް ޙާއްސަ ފުޑްފެއަރ އެއް ބާއްވައިފިއެވެ. މި ފުޑްފެއަރ އިން ޚަރަދު ކަނޑާ 8,154.00ރ (އަށް ހާސް އެއް ސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ފައިދާގެ ގޮތުގައި ލިބިފައިވެއެވެ.

މި ފުޑްފެއަރ ބާއްވާފައިވަނީ 4 އޮގަސްޓް 2017 ވީ ހުކުރު ދުވަހު ހަވީރު 04:00 އިން ފެށިގެން ރޭގަނޑު 11:00 އަށެވެ. މި ފުޑްފެއަރ ގައި ޕިއްޒާ، ފްރައިޑް ރައިސް، ފްރައިޑް ނޫޑްލްސް، ސޭންޑްވިޗް، ސަބްމެރިން، ފިޝް އެންޑް ޗިޕްސްފަދަ ވަރަށް ޙާއްސަ ކެއުންތައް ލިބެން ހުއްޓެވެ.