ކޭބަލްޓީވީގެ ހިދުމަތް ދިނުމާބެހޭ ގޮތުން މަޝްވަރާބައްދަލުވުމެއް ބާއްވައިފި

ކައުންސިލައް އާމްދަނީ ލިބޭނެގޮތައް ކޭބަލްޓީވީގެ ހިދުމަތް ދިނުމާބެހޭގޮތުން ހދ.ކުޅުދުއްފުށި ވޭވްލެންތު ޕުރައިވެޓް ލިމިޓެޑް އާއި ހދ.ކުރިނބީ ކައުންސިލާއި މަޝްވަރާ ބައްދަލުވުމެއްވަނީ ބޭއްވިފައެވެ.

ބައްދަލުވުން ބާއްވާފައިވަނީ 2 އޮގަސްޓް 2017 ވީ ބުދަ ދުވަހު ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ. މިބައްދަލު ވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކޭބަލްޓީވީގެ ހިދުމަތް ދިނުމަށް ޙަރަދުވާނެ އަންދާސީ ހިސާބާއި ބެހޭގޮތުންނެވެ. އޭގެ އިތުރުން ކައުންސިލަށް ފައިދާގެ ގޮތުގައި ލިބޭނީ ކިތަށް އިންސަތަޔާއި ބެހޭގޮތުންނާއި، އިންޓަނެޓް ވައިފައި ޙިދުމަތް ދިނުމާއި ބެހޭގޮތުންނާއި، ކޭބަލްޓީވީގެ ޙިދުމްތް ދިނުމަށް ކައުންސިލާއި ވޭވްލެންތު އައި ދެމެދު އެއްބަސް ވުމަކައް އާދެވިއްޖެނަމަ ކައުންސިލަށް ލިބިގެންދާނެ ފަސޭހަތަކާއި ބެހޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ. އިދާރީ ކަންތައްތަކާއި ކައުންސިލުން ލިބެންހުރި ރިސޯސަސް ބޭނުން ކޮއްގެން ހަރަދު ކުޑަކުރެވޭނެ ގޮތަކާއި އިތުބާރުހުރި ގޮތަކަށް ކޭބަލް ޓީވީގެ ޙިދުމަތް ދިނުމާއި ބެހޭގޮތުން މަސްވަރާކުރެވިގެން ދިޔައެވެ.