އައިޓީ ކޯސްތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީ.އައި.ޓީ.އެމް) އާއި ކުރިނބީ ކައުންސިލް ގުޅިގެން ހިންގާ އައިޓީ ކޯސްތައް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު 11 އޮގަސްޓް 2017 ވީ ހުކުރު ދުވަހުގެރޭ ބާއްވައިފިއެވެ. މި ރަސްމިޔާތު ބާއްވާފައިވަނީ ކުރިނބީ ސްކޫލް ހޯލުގައެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ކައުންސިލްގެ ރައީސް މުޙައްމަދު އަފްރާޙް ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ސީއައިޓީއެމްގެ ފަރާތުން މާކެޓިން މެނޭޖަރ ޒަހީން ޢަބްދުﷲ ވާހަކަފުޅު ދައްކަވާފައިވެއެވެ. އެއަށްފަހު ސީއައިޓީއެމްގެ ފަރާތުން ކުރިނބީ ސްކޫލަށާއި ކުރިނބީ ކައުންސިލަށް ދޭ ފްރީ ސްކޮލަރޝިޕް ހަވާލުކުރުން ކުރިއަށްދިޔައެވެ. ސްކޮލަރޝިޕް ހަވާލުކޮށްދެއްވާފައިވަނީ ސީއައިޓީއެމްގެ ޗެއަރމަން މުޙައްމަދު ތޮލާލް އެވެ. މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޞިހާ އިދްރީސް އެވެ.

މި ރަސްމިއްޔާތަށް ރަށުގެ ސަރުކާރު މުއައްސަސާ ތަކުގެ މުވައްޒަފުން ހާޟިރުވެފައިވާއިރު ރަށުން ބޭރު އެކިއެކި ފަރާތްތަށްވެސް ވަޑައިގެންފައިވެއެވެ. އެގޮތުން ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާޞިހާ އިދުރީސް އާއި، ހދ. ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް ޢަބްދުﷲ މުހުސިން ޢަބްދުއްލަތީފް އާއި، ހދ. ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދުނާން އަލީ އާއި، ސީއައިޓީއެމް ހދ.ކޯޑިނޭޓަރ އިބްރާހިމް ޙަސަން އާއި، ސީއައިޓީއެމްގެ ޗެއަރމަން މުޙައްމަދު ތޮލާލް އާއި ސީއައިޓީއެމްގގެ މާކެޓިން މެނޭޖަރ ޒަހީން ޢަބްދުﷲ ހިމެނެއެވެ.

 

ފޮޓޯ ގެލެރީ: https://www.kurinbee.gov.mv/4371